މެޝިން މަރާމާތުކޮށްދިނުމުން އޭއީއެޗަށް މަރަދޫ ސިއްހީ މަރުކަޒުން ޝުކުރުއަދާކޮށްފި

މެޝިން މަރާމާތުކޮށްދިނުމުން އޭއީއެޗަށް މަރަދޫ ސިއްހީ މަރުކަޒުން ޝުކުރުއަދާކޮށްފި

މަރަދޫ ސިއްހީ މަރުކަޒުގެ އޮޓޯކްލޭވް މެޝިން މަރާމާތުކޮށްދީ، އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު އެ ހިދުމަތް އަލުން ފެށޭނެ ގޮތް ހަދައިދިނުމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބަޔޯމެޑިކަލް ޓީމަށް އެ މަރުކަޒުން ޝުކުރުއަދާކޮށްފިއެވެ. 

މީގެ އިތުރުން، އެ މެޝިނުގެ ހިދުމަތް މެދުކެނޑިފައި އޮތް މުއްދަތުގައި އޮޓޯކްލޭވް ކުރުމުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ފޭދޫ ސިއްހީ މަރުކަޒުން ދިން އެހީތެރިކަން ފާހަގަކޮށް، އެ މަރުކަޒަށް ވެސް މަރަދޫ ސިއްހީ މަރުކަޒުން ވަނީ ޝުކުރުއަދާކޮށްފައެވެ.

މަރަދޫ ސިއްހީ މަރުކަޒުން ބުނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްހީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި އޭއީއެޗްގެ ބަޔޯމެޑިކަލް ޓީމާއި ފޭދޫ ސިއްހީ މަރުކަޒުގެ ޓީމުން ދިން އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

އޭއީއެޗްގެ ދަށުން އައްޑޫގައި އަސާސީ ސިއްހީ ފަރުވާ ދެމުން އަންނަނީ މަރަދޫއާއި ފޭދޫގެ އިތުރުން ހުޅުދޫ-މީދޫގައި ހުންނަ ސިއްހީ މަރުކަޒު މެދުވެރިކޮށެވެ.

ކޮމެންޓް 0