މިއަދު ހެނދުނު ހުޅުދޫ އަދި މީދޫއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން ހުޅުމީދޫ ސިއްޙީ މަރުކަޒުގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.
އެގޮތުން މިއަދު ހެނދުނު ސިއްހީ މަރުކަޒުން ބަލިމީހުން ބެލުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ސިއްހީ މަރުކަޒުން ބުނެފައިވާ ގޮތުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ، ހުޅުމީދޫ އިން އަންގަވާފައިވާތީ އެވަގުތު އެމަރުކަޒުގެ ފޯނުގެ ހިދުމަތް ނުލިބޭނެއެވެ. އެހެންވެ އެގަޑިތަކުގައި އެމްބިއުލެންސްގެ ޙިދުމަތް އަދި އެހެނިހެން ކަންކަމުގައި ގުޅަން މޯބައިލް ނަންބަރެއް ވެސް ވަނީ ހިއްސާކޮށްފައެވެ.
