އެމްޑީޕީއަށް ވޯޓުދީ، ހުޅުދޫގެ ކަންތައްތައް ހަމަޖައްސާނަން: ނަޝީދު

ހުޅުދޫގައި ހުންނަވައިގެން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު
ހުޅުދޫގައި ހުންނަވައިގެން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު

ސ. ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ހުޅުދޫ ޑަބްލިއުޑީސީ) ގެ ގޮނޑިއަކަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެންމެ ވޯޓެއްވެސް ނުދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ރަށުގެ ރައްޔިތުންގެ ކިބައިން މިއަދު އެދިވަޑައިގެންފިއެވެ.

ހުޅުދޫގައި ހުންނަވައިގެން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ވޯޓުދިނުމުން ހުޅުދޫ ރައްޔިތުންގެ ކަންތައްތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު ރައްޔިތުން ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. “ހުޅުދޫ ރައްޔިތުން ޕީއެންސީއަށް އެންމެ ވޯޓެއް ވެސް ނުދޭތި،” އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރު ބަލިކުރުމަށްޓަކައި މި ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓް ފާތިމަތު މުނީރަށް ވޯޓު ދިނުމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އާއި އަދާލަތު ޕާޓީގެ މެންބަރުންގެ ކިބައިންވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި “ފާތިމަތު މުނީރަށް. ވޯޓު ދެއްވާ. ސަރުކާރު ބަލިކުރަން،” ކަމަށް ވިދާޅުވެ، ސަރުކާރާ ދެކޮޅަށް ވޯޓު ދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ގައި ވާދަކުރައްވާ ފާތިމަތު މުނީރު އަށް އެމްޑީޕީގެ ޓިކެޓް ލިބިފައިވަނީ، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށްގެންނެވެ. ޕްރައިމަރީގައި ފާތިމަތު މުނީރަށް 95 ވޯޓު ލިބުނު އިރު، ދެން ވާދަކުރި ފާތިމަތު އިމްރަތު އަށް ލިބުނީ 65 ވޯޓެވެ. 

ބައި އިލެކްޝަންގައި ފާތިމަތު މުނީރާއި ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓް ނަބަހާ ފާތިމަތު (ނައްބޫ) އެވެ.


އެމްޑީޕީ، ރައީސް ނަޝީދު، ހުޅުދޫ
ކޮމެންޓް 0