މަރަދޫގެ ބިނާވެށި ޕްލޭނާ ގުޅޭ ބައްދަލުވުމަށް ބޮޑު ތަރުހީބެއް

މަރަދޫގެ ބިނާވެށި ޕްލޭނާ ގުޅޭ ބައްދަލުވުމަށް ބޮޑު ތަރުހީބެއް

މަރަދޫ އަވަށުގެ ބިނާވެށި ޕްލޭނަށް ގެންނަ ބަދަލުތަކާ ބެހޭ މަޝްވަރާ ބައްދަލުވުމެއް މަރަދޫ އަވަށު އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފިއެވެ. 

އެ އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުން ބޭއްވީ ބިނާވެށި ޕްލޭނަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދުމަށެވެ. އަދި މި ބައްދަލުވުމަށް އަވަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، ބިނާވެށި ޕްލޭނަށް ބިނާކުރަނިވި ރަނގަޅު ހިޔާލުތަކެއް ލިބިފައިވާ ކަމަށް މަރަދޫ އަވަށު އޮފީހުން ފާހަގަކުރިއެވެ. މީގެ އިތުރުން، މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ އޮފީހުން ވަނީ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލަރު ނުސްރާ ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން، މަރަދޫ އަވަށު އޮފީހުގެ އިސް ރަށްވެހިންނާއި، ސިޔާސީ އެކި ފިކުރުގެ މީހުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ.

ކޮމެންޓް 0