Opinion
މީދޫ ކައުންސިލަށް ލަފާދޭ ކޮމިޓީ އެންޑޯޒްކޮށްފި
ނަސްރުގެ ދުވަސް ފާހަގަކުރުމާއި ތަރައްގީގެ ޕްލޭން ސައްހަކުރުމުގެ އިތުރުން ކޮމެޓީތަކާއި އުސޫލުތަކެއް ފާސްކޮށްފި
އައްޑޫ މީދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ 22 ވަނަ ރަސްމީ ޖަލްސާއަށް ހުށަހެޅުނު އެކި މައްސަލަތަކާ މެދު ބަހުސްކުރުމަށް ފަހު އެ ކައުންސިލުން މުހިންމު ގޮތްތަކެއް ނިންމައިފިއެވެ.
އެ ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ ތެރޭގައި ނަސްރުގެ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކުރިއަށް ގެންދާނެ ހަރަކާތްތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން ހިމެނެއެވެ. މީގެ އިތުރުން، އެކްޓިވިޓީ ޓީޝާޓް ބޭނުންކުރާނެ ގޮތުގެ އުސޫލު ވެސް އެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ކައުންސިލްގެ އިދާރީ ކަންކަމާއި ރަށުގެ ހިދުމަތްތަކާ ގުޅޭ މައްސަލަތަކަށް ވެސް އެ ބައްދަލުވުމުގައި ވަނީ ގޮތްތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ކައުންސިލް އޮފީހުގައި ހުރި ބައު މުދާ ނީލަން ކިޔުމާ މެދު މަޝްވަރާކޮށް ގޮތެއް ވަނީ ނިންމާފައެވެ. އަދި ރަށުގެ ކަށުކަމާކެމީގެ ޕޫލް އެންޑޯޒްކުރުމުގެ އިތުރުން، ކައުންސިލަށް ލަފާދޭ ކޮމެޓީތައް ވެސް އެ ޖަލްސާގައި ވަނީ ރަސްމީކޮށް އެންޑޯޒްކޮށްފައެވެ.
މި ނިންމުންތަކުގެ އިތުރުން، ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭން ވެލިޑޭޓްކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ހަމައެއާއެކު، އޮސްޓްރޭލިއާގެ ހައިކޮމިޝަނަރަށާއި ޔޫ.އެން.ޑީ.ޕީގެ ރީޖަނަލް ހެޑަށް މަރުހަބާ ދެންނެވުމަށްޓަކައި ކުރިއަށް ގެންދާނެ ހަރަކާތްތަކާ މެދު ވެސް ކައުންސިލްގެ މެންބަރުން އެ ޖަލްސާގައި މަޝްވަރާކޮށްފައިވެއެވެ