އިމްރާން އުޅެނީ ހިހޫތަނުން ކާން: ޝައިޚް ހުސައިން ރަޝީދު
މިހެން ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް އިމްރާން މަސައްކަތްކުރެއްވުމާ ގުޅޭ ޕޯސްޓަކަށް ކުރެއްވި ކޮމެންޓެއްގައި.
އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އުޅުއްވަނީ ބުރަ މަސައްކަތަކާ ނުލައި ފަސޭހައިން މަންފާ ހޯއްދަވަން ކަމަށް ޝައިހް ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
ޝައިހް ހުސައިން ރަޝީދު މި މޭރުމުން ވާހަކަދެއްކެވީ، ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް އިމްރާން މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުން ކޮށްފައިވާ ޕޯސްޓަކަށް ކުރެއްވި ކޮމެންޓެއްގައެވެ. ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިމްރާން ކުރައްވާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި އެ ކޮމެންޓުގައި ޝައިހް ހުސައިން ރަޝީދު ވިދާޅުވީ، “ރައްޔިތުން ކުރި މަސައްކަތުން އިމްރާން ހިހޫތަނުން ކާން އުޅެނީ” ކަމަށެވެ.
ޝެއިޚް ހުސައިން ރަޝީދުއަކީ ވެސް ރަސްމާލެ ޕްރޮޖެކްޓާއި ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެގޮތުން އެ ޕްރޮޖެކްޓާއި ދެކޮޅަށް ވަރަށް ގިނަ ޚިޔާލު ފޭސްބުކްގައި ހިއިްސާކުރައްވާފައިވެއެވެ.
ރަސްމާލެ ޕްރޮޖެކްޓާ ގުޅޭ އެ ޕޯސްޓަށް ކޮމެންޓުކުރައްވައި އިމްރާނަށް މިފަދައިން ފާޑުވިދާޅުވި ޝައިހް ހުސައިން ރަޝީދަކީ އަދާލަތު ޕާޓީ (އޭޕީ) ގެ ފުރަތަމަ ރައީސެވެ.
އެއަށްފަހު އަދާލަތު ޕާޓީގެ ރައީސްކަމުގައި ހުންނެވި ޝެއިޚް އިމްރާން އަބްދުﷲއެވެ. އެއާއި އެކު އޭރު ޝެއިޚް ހުސައިން ރަޝީދު ވަނީ އަދާލަތު ޕާޓީން ވަކިވެފައެވެ.