ހިތަދޫ ސްކޫލުން ސޯޝަލް މީޑިޔާގެ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމެއް ބާއްވާއިފި
ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށް އިންޓަނެޓާއި ސޯޝަލް މީޑިއާ ރައްކާތެރިކަމާއެކު ބޭނުންކުރަން ދަސްކޮށްދިނުމުގެ ހަރަކާތެއް
ހިތަދޫ ސްކޫލްގެ ގްރޭޑް 7، 8 އަދި 9 ގެ ޕްރިފެކްޓް ދަރިވަރުންނަށް ހާއްސަކޮށްގެން “ކްލިކް ވިތް ކެއާ”ގެ ނަމުގައި ޕްރޮގްރާމެއް ސްކޫލުން ބާއްވައިފިއެވެ.
ސްކޫލުން ބުނި ގޮތުގައި، މި ޕްރޮގްރާމަކީ ބަވަނަވަމުންދާ ދުނިޔޭގައި އިންޓަނެޓާއި ޒަމާނީ ވަސީލަތްތައް ހެޔޮ ގޮތުގައި އަދި ރައްކާތެރިކަމާއެކު ބޭނުންކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ދަސްކޮށްދިނުމަށް އެ ސްކޫލުން ފެށި މި ސިލްސިލާ ޕްރޮގްރާމްގެ ފުރަތަމަ ހަރަކާތް މިހާރު ވަނީ ނިންމާލާފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ދަރިވަރުންނަށް ސެޝަނެއް ނަގައިދީ، މުހިންމު އިރުޝާދުތަކެއް ދީފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އެ ސްޓޭޝަނުން މި ޕްރޮގްރާމުގައި ސެޝަން ނަގައިދީ ދަރިވަރުންނަށް އިރުޝާދު ދީފައިވާތީ، ސްކޫލުގެ ފަރާތުން ވަނީ ހިތަދޫ ޕޮލިސް ސްޓޭޝަންއަށް ޝުކުރު އަދާކޮށްފައެވެ.