ބްރާގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުނު ހިތަދޫ އަންހެނަކު ހައްޔަރުކޮށްފި

އޭނާގެ ހެދުމުގެ ކަރުވާޅު ތެރެއިން 19 ޕެކެޓް މަސްތުވާތަކެތި ފެނުުނު.

ހިތަދޫ ކޯޓުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ.
ހިތަދޫ ކޯޓުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ.

ހިތަދޫ އަންހެނަކު އޭނާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅު ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބުނެފައިވާ ގޮތުގައި، ހައްޔަރުކުރި އަންހެން މީހާ ލައިގެން ހުރި ޓީޝާޓުގެ ތެރެއިން މަސްތުވާތަކެތި ހުރި 19 ޕެކެޓް ފުލުހުން ވަނީ ނަގާފައެވެ.

އަދި ފުލުހުން ނެގި އެ ޕެކެޓްތަކުގެ ވަގުތީ ނަތީޖާއިން ދައްކާގ ގޮތުގައި އޭގައި ހުރީ ހެރޮއިންއާއި މެތު ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މި އަންހެން މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދިން ދެ ވަނަ ފަހަރެވެ.

ކޮމެންޓް 0