އައްޑޫގައި ބަނގުރާ ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި ކަމަށް އައްޑޫ ސިޓީގެ ފުލުހުން ބުނެފިއެވެ.
އައްޑޫ ސިޓީ ޕޮލިސްއިން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ފޭދޫއަށް ނިސްބަތްވާ ޒުވާނަކާއި މަރަދޫފޭދޫ ޒުވާނެކެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 500 މިލިލީޓަރުގެ ދެ ފުޅިއާއެކު ކަމަށް އައްޑޫ ސިޓީ ޕޮލިސްއިން ބުންޏެވެ. މީގެ އިތުރުން، ބަނގުރާ އުފައްދާ އާލާތް ވެސް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ހައްޔަރުކުރި 2 މީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ނޯޓް: މި ޚަބަރު ޝާއިއުކުރެވުނު ފަހުން ފުލުހުން ވަނީ މި ޕޯސްޓް ފޭސްބުކުން ރިމޯވްކޮށްފައެވެ.