ފޭދޫ ވަކިކުރަން އުޅުނު އައިބީގެ ގެކޮޅު ވަކި ރަށަކަށް ބަދަލު ނުކުރިކަން ރަނގަޅު: ނިޒާރު

އައްޑޫގެ ޕީއެންސީ މެންބަރުން ރައްޔިތުންގެ ބަދަލުގައި ވެރިމީހާ ބޭނުންވާ ގޮތަށް މަސައްކަތްކުރައްވާ ކަމުގެ ތުހުމަތު

ފޭދޫ ވަކިކުރަން އުޅުނު އައިބީގެ ގެކޮޅު ވަކި ރަށަކަށް ބަދަލު ނުކުރިކަން ރަނގަޅު: ނިޒާރު

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީގެ ގެކޮޅު އެހެން ރަށެއްގައި ގާއިމްކުރަން ނުނިންމެވިކަން ރަނގަޅު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ ރޭ ސަންގު ޓީވީއަށް ދިން އިންޓަވިއު އެއްގައި އައްޑޫ ސިޓީގެ އިޙްތިސާސް އިން ފޭދޫ ވަކިކުރަން ނެގި ރިފަރެންޑަމް ވޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. 

ނިޒާރު ވިދާޅުވި ގޮތުގައި،   އައްޑޫ ރޫޅާލުމަށް މަސައްކަތްކުރިއިރު، އައްޑޫގެ މަޖިލިސް މެންބަރުންގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން އެ ކަމަށް ތާއީދުކުރެއްވި ކަން އެ ފަރާތްތަކުން ވަނީ އެ ކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ނިޒާރު މިހެން ވިދާޅުވި ނަމަވެސް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ފޭދޫގައި ވަކި ކައުންސިލް ހަދަން މަޖިލީހުގެ އައްޑޫ މެންބަރުން ތައްޔާރުކުރި ލިޔުމެއްގައި ސޮއިކޮށްފައިވާކަން އޭރު ހާމަވިއެވެ. 

 މި މޭރުމުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ހާއްސަކޮށް ފޭދޫ ވަކިކުރުމަށް ފޭދޫ ދާއިރާގެ މެންބަރު ތާއީދުކުރެއްވި ކަމަށެވެ. އެގޮތުން އައިބީއަށް ފާޑުވިދާޅުވަމުން ނިޒާރު ވަނީ އައިބީޣެ ގެ ވަކި ރަށެއްގައި ގާއިމުކުރުމަށް ނުނިންމެވި ކަން ރަނގަޅު ކަމަށް ބުނެފައެވެ. ނިޒާރު ސިފަކުރެއްވި ގޮތުގައި އައިބީ ހިމެނޭ ގޮތަށް ޕީއެންސީ މެންބަރުންނަކީ އެއީ ދޯހަޅި ވިސްނުމެއް ގެންގުޅޭ ބައެއް ކަމަށް ސިފަކޮށް ނުރުހުން ފާޅުކޮށްފައެވެ

ކޮމެންޓް 0