މަރަދޫ ސްވިމިން ޓްރެކް އޮޔާ ދަނިކޮށް އެމްއެންޑީއެފް އިން އެހީވެއްޖެ

މަރަދޫ ސްވިމިން ޓްރެކް އޮޔާ ދަނިކޮށް އެމްއެންޑީއެފް އިން އެހީވެއްޖެ

މަރަދޫގައި ބޭނުންކުރަމުން އަންނަ ސްވިމިން ޓްރެކަށްގެ ނަގިލިތައް ކަނޑައިގެން ގޮސް އޮޔާ ދަނިކޮށް އެކަމަށް ވަގުތީ ހައްލެއް ހޯދުމުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ޓްރެކަށް ވަގުތީ ހައްލެއް ހޯދާފައިވަނީ ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކުގައި ކަމަށް މަރަދޫ އަވަށު އޮފީހުން ވަނީ ބުނެފައެވެ. މިކަމުގައި މަރަދޫ އާއްމުންނާއި މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުން ވެސް ބައިވެރިވެއެވެ.

މަރަދޫ އަވަށު އޮފީހުން ބުނީ މަރަދޫގައި ބޭނުންކުރަމުން އަންނަ އެ ސްވިމިން ޓްރެކް އޮޔާދާން ފެށީ، މޫދުގައި ހަރުކުރުމަށް އަޅާފައިވާ ނަގިލިތައް ކަނޑައިގެން ގޮސް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ފަރާތުން ލިބޭ އަވަސް އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް ޝުކުރު އަދާކުރާ ކަމަށް ވެސް މަރަދޫ އަވަށު އޮފީހުން ވަނީ ބުނެފައެވެ.

މަރަދޫމަރަދޫ އަވަށު އޮފީސްއެމްއެންޑީއެފް ސަދަން އޭރިޔާ
ކޮމެންޓް 0