ރާއްޖޭން ބަންގަލްދޭޝަށް ދިޔަ، ދެ މީހެއްގެ ފުރަގަސްފަރާތުގައި ރަން

ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓު.
ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓު.

ރާއްޖޭން ބަންގަލްދޭޝަށް ދިޔަ، އެ ގައުމަށް ނިސްބަތްވާ ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ރަން އަތުލައިގެންފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ނިއު އޭޖް'ގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެ ގައުމުގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުންގެ އަތުން އަތުލައިގަތް ރަނުގެ އަގު 5 މިލިއަން ރުފިޔާއަށް އަރާނެއެވެ. 

ބަންގާޅުގެ ނޫސް ރިޕޯޓްތައް ބުނާގޮތުން މި ތަކެތި އަތުލައިގަތީ ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ބަލައިފާސްކުރުމުގެ ތެރޭގައި ހަށިގަނޑުގައި ފޮރުވާފައި ހުރި 2.73 ކިލޯގެ ރަން ފެނިފައިވެއެވެ. 

އެ ނޫހުގައި ބުނެފައިވާ ގޮތުން، ބިހުގެ ބައްޓަމަށް ހުރި އެ ރަންތައް ފޮރުވާފައި ހުރީ އެ މީހުންގެ ފުރަގަސްފަރާތުގައެވެ.

ކޮމެންޓް 0