ޚަބަރު
މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ހިތަދޫ ޒުވާނަކު ނިޔާވެއްޖެ
މެލޭޝިއާގައި
މިއަދު ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ
އެވެ. މި ދަރިވަރަކީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން އެންމެ 21
އަހަރުގެ ޒުވާނެކެވެ.
މައުލޫމާތު
ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ދަރިވަރު އެވަގުތު
ދަތުރުކުރަމުން ދިޔަ ކާރާއި އިތުރު ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.
އެކްސިޑެންޓް ވި ކާރަކީ މެލޭޝިޔާގައި ބޭނުންކުރާ މަޝްހޫރު ގްރެބް ޓެކްސީ އެޕް
ބޭނުންކޮށް ނެގި ކާރެކެވެ.
މި
ހާދިސާގައި ނިޔާވި ދިވެހި އަންހެން ދަރިވަރުގެ ބޮލަށް ވަރަށް ބޮޑަށް ވަނީ
އަނިޔާވެފައެވެ. އަދި ކާރުގައި އޭނާ އާއި އެކު ހުރި ދަރިވަރުގެ ފަޔަށް ވެސް ވަރަށް
ބޮޑަށް ވަނީ އަނިޔާވެފައެވެ.
ސޯޝަލް
މީޑިއާގައި މި އެކްސިޑެންޓްގެ ފޮޓޯތައް ދައުރުވަމުން އަންނަ އިރު، އެ ފޮޓޯތަކުން
ފެންނަ ގޮތުގައި، ދަރިވަރު ދަތުރުކުރި ކާރު ހައިވޭގައި އެހެން ކާރަކާ މުޑިއަރައި
ހިނގި މި އެކްސިޑެންޓުގައި، އެ ކާރު އޮތީ ފުރޮޅާލައިފަ އެވެ.
<blockquote class="twitter-tweet"><p lang="dv" dir="rtl">މުދައްރިސުންނަށް އެއްބާރުލުން ދީގެން ނޫނީ ގައުމުގެ ބިންގާ ވަރުގަދައެއް ނުކުރެވޭނެ:
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
@MMuizzu https://t.co/gGakZsnOki</p>— The Peoples Side (@peoplesidemv) <a href="https://x.com/peoplesidemv/status/2106979105304674739?ref_src=twsrc%5Etfw">October 5, 2026</a></blockquote>
<script async src="https://platform.x.com/widgets.js" charset="utf-8"></script>