ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރުމަށް ހިތަދޫ ކޮރޮވައު ދާޢިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު އާއި ފޭދޫ ކައުންސިލަރު އިސްމާއީލް ސައީދު ފުރައިފިއެވެ.
ޝިނާޒު އާއި އިސްމާއީލް ކޮރެއާ އަށް ދާގޮތަށް ހަމަޖެއްސީ ސިޓީ ކައުންސިލުން ފާސްކޮށްގެންނެވެ.
މިދަތުރަކީ ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކްގެ ފަރާތުން އިންތިޒާމުކޮށްގެން، ބާއްވާ "ސެކަންޑް ޖެނަރަލް އެސެމްބްލީ އޮފް ދަ ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކް" ގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ. މި ބައްދަލުވުން އޮންނާނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރ 29 އިން 31 އަށް ކޮރެއާގެ އެންޑޮންގ ސިޓީގައެވެ.
