ފާއިތުވި 15 އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސްގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތުން ދީފައިވާކަން ހާމަވެއްޖެއެވެ.
ނަޝީދު ވެރިކަން ކުރައްވާފައިވަނީ 2008 އިން ފެށިގެން 2012ގެ ނިޔަލަށެވެ. 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން ބަލާނަމަ 2026 އާއި ހަމައަށް ނަޝީދަށް، 43،282183.79 ރ (ސާޅީސް ތިން މިލިއަން ދެލައްކަ އަށްޑިހަ ދެހާސް އެއްސަތޭކަ އަށްޑިހަ ތިން ރުފިޔާ ހަތްދިހަ ނުވަ ލާރި) ދައުލަތުން ދީފައިވެއެވެ.
މި ފައިސާގެ ތެރޭގައި ހިމެނެނީ، މާލީ އިނާޔަތާއި، ބޭސްފަރުވާގެ ޚަރަދާއި ދިރިއުޅުއްވާނެ ތަނެއްގެ ޚަރަދު އަދި އޮފީސް ހިންގެވުމުގެ ޚަރަދެވެ.
2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރަށް ބައެއް އެލަވަންސްތައް ނަޝީދު ނަންގަވާއި ނުވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ހުންނެވި މުއްދަތެވެ. އެ މުއްދަތު އުނިކުރި ނަމަވެސް ނަޝީދަށް ދުވާލަކަށް ފާއިތުވި 16 އަހަރު ދައުލަތުން 7900 ރ. ޚަރަދުކޮށްފައިވެއެވެ.
ނަޝީދަށް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 7900 ރުފިޔާ، ޖުމްލަ 43 މިލިއަން!

ކޮމެންޓް 0