ޒުވާނުންނަށް ޑެޕިއުޓީ މިނިސްޓަރު ހަޖޫ ޖަހަނީ ގޮތް ހުސްވެ، މަގާމުގެ ދިފާއުގައި: ޝުއާއު

ސިޔާސީ ބޭފުޅުން (ޒުވާނުންގެ މުޒާހަރާއަށް) ހަޖޫ ޖަހަނީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށާއި އެއީ ސީދާ ރައީސްގެ އޯޑަރަށް ކުރާ ކަންތައް ކަމަށް ޝުއާއު ވިދާޅުވި.

ޒުވާނުންނަށް ޑެޕިއުޓީ މިނިސްޓަރު ހަޖޫ ޖަހަނީ ގޮތް ހުސްވެ، މަގާމުގެ ދިފާއުގައި: ޝުއާއު

ލިންކް ރޯޑުގެ މައްސަލައިގައި ޒުވާނުން މުޒާހަރާ ކުރަނީ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ދެއްކެވި ވާހަކަތަކަށް އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު ޝުއާއު ރައްދު ދެއްވައިފިއެވެ. 

އައްޑޫޕްލަސް އާއި ވާހަކަ ދައްކަވަމުން ޝުއާއި ވިދާޅުވީ، ޒުވާނުންނާ ގުޅޭގޮތުން ޑެޕިއުޓީ މޭޔަރު ހުސައިން އެފަދަ ވާހަކަ ދެއްކުމުން ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޝުއާއު ވިދާޅުވި ގޮތުގައި އެފަދަ ވާހަކަތައް ދައްކަވަނީ، މަޤާމު ގެއްލިދާނެތީ ކަމަށާއި، ޒުވާނެއްގެ ހައިސިއްޔަތުން އެފަދަ ވާހަކަ ދައްކަނީ ވެސް އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. 

 "ސިޔާސީ ބޭފުޅުން އެކަމަށް ހަޖޫ ޖަހަނީ އިތުރު އެއްވެސް ގޮތެއް ނެތިގެން. އެކަން ނުކޮށްފިއްޔާ މާދަމާ ވެދާނެ ގޮތަކަށް އޮތް ބިރެއްގެ ސަބަބުން ކުރާ ކަމެއް އެއީ. ސީދާ ރައީސްގެ އޯޑަރަށް ކުރާ ކަންތައް" ޝުއާއު ވިދާޅުވިއެވެ.  

ޝުއާއި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މިހާތަނަށް އައިއިރު އައްޑޫ ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާކަމަށެވެ. ލިންކް ރޯޑުގެ މަސައްކަތް އެންމެ ފަހުން ހަވާލުކުރި ރޯޓައިމް އިންޖިނިއަރިން އިން މަސައްކަތް ފަށާނެ ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް، ޝުއާއު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނިން ވެސް އެފަދަ މަޝްވަރާއެއް މިހާތަނަށް ކޮށްފައި ނުވާކަމަށެވެ.

ޝުއާއު ފާހަކުރެއްވި ގޮތުގައި، ޒުވާނުން އައްޑޫ ލިންކް ރޯޑުގެ ވާހަކަތައް ދައްކަނީ އެކަމުގެ މުހިންމުކަން ބޮޑުވެފައި، އަދުގެ ސަރުކާރަށް އައްޑޫ ލިންކް ރޯޑުގެ ހާލަތު ރަނގަޅުކުރުމަށް އެއްވެސް ކަމެއް ކުރެވިފައިނުވުމުން ކަމަށެވެ. 


ކޮމެންޓް 0