ލިންކްރޯޑުގެ މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ފުލުހުންނާއި ބައްދަލުކޮށްފި
ލިންކް ރޯޑު މަރާމާތުކުރުން ލަސްވެފައިވާ މައްސަލައިގައި އައްޑޫގެ ޒުވާނުން މާދަމާ ބާއްވާ މުޒާހަރާއާއި ގުޅިގެން ފުލުހުންނާއި އިންތިޒާމު ކުރާ ފަރާތުން ބައްދަލުކުރި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މާދަމާ ހަވީރު ލިންކް ރޯޑުގެ ހިތަދޫ އިންޖީނުގެ ސަރަހައްދުގައި ބާއްވާ މުޒާހަރާ އާއި ގުޅޭގޮތުން މުޒާހަރާ އިންތިޒާމުކުރާ ފަރާތް ކަމަށް ބުނެ ފުލުހުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުންނާއި ބައްދަލުކުރި ފަރާތްތަކަށް ލިންކްރޯޑްގައި ބޭއްވުމަށް ހަމަޖައްސާފައިވާ މުޒާހަރާ ކުރިއަށް ގެންދެވޭނެ ގޮތްތަކުގެ އިރުޝާދު ފުލުހުންގެ ފަރާތުން ދީފައި ވާނެ ކަމަށެވެ.
އެއްވެ އުޅުމުގެ ޤާނޫނު ބުނާގޮތުން އައްޑޫގައި މުޒާހަރާ ބޭއްވުމަށް ވަކިން ހުއްދަ ނަގާކަށް ނުޖެހެއެވެ. މުޒާހަރާ ކުރުން މަނާ ވާނީ ބަނދަރުތަކާއި، ފުލުހުންގެ މަރުކަޒުތައް އަދި ހޮސްޕިޓަލްތައް ހިމެނޭ ސަރަހައްދުގައެވެ.