އާމްދަނީ 60 ހާހަށްވުރެ މަތި ނަމަ އާސަންދަ ކޯ-ޕޭމަންޓް ދައްކަން ޖެހޭނެ

އާސަންދަ. ފައިލް ފޮޓޯ: ދައުރު
އާސަންދަ. ފައިލް ފޮޓޯ: ދައުރު

ދައުލަތުގެ ސިއްހީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި، މަހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އަމިއްލަ (ޕްރައިވެޓް) ސިއްހީ މަރުކަޒުތަކުން ހިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމަށް، 1 ޖެނުއަރީ 2027 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފައިވާއިރު، ސިއްހަތާ ބެހޭ ވުޒާރާ އިން އާންމުކުރި އިއުލާނުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުންނެވެ.

އެހެންކަމުން ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.

މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތަކުން ހިދުމަތް ހޯދާއިރު، މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި ވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ހިދުމަތް ލިބިގެންދާނެ ކަމަށް އިއުލާނުގައިވެއެވެ.

އާމްދަނީ ބޮޑު ނަމަވެސް، ގައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް ވަނީ މި އުސޫލުން އިސްތިސްނާކޮށްފައެވެ. އެގޮތުން އިސްތިސްނާވާ ފަރާތްތަކަކީ:

މިއީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށާއި އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ.

މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ މި ސިޔާސަތަށް ގެންނަ އިސްލާހީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާއީ ތަރައްގީއަށް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. 

އާސަންދަސިއްހަތާ ބެހޭ ވުޒާރާސިއްހީ ވުޒާރާސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާބޭސް ފަރުވާ
ކޮމެންޓް 0