އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" އޮންނާނެ ކަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި މި އަހަރުގެ މުބާރާތް ފަށާނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.
"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ.
ދެހާސް ނަވާރާ އިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ފޭދޫ ފްރެންޑްސް ކުލަބެވެ.
