އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ފަށައިފި

އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ފަށައިފި

އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ދިވެހިރާއްޖެގެ އެކި ދާއިރާތަކުގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ހަރުދަނާކުރުމުގެ މަޤްސަދުގައި ބާއްވާ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026" (އޯއެސްއެޗް ކޮންފަރެންސް 2026) ފަށައިފިއެވެ.

މި ކޮންފަރެންސަކީ  ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންނާއި، ސިނާއަތްތަކުގެ އިސްވެރިންނާއި، ސަލާމަތީ ކަންކަމުގެ ފަންނީ މާހިރުން އަދި ކަމާބެހޭ އެހެނިހެން މުހިންމު ފަރާތްތައް އެއްތަންކޮށްދޭ ގައުމީ ފެންވަރުގެ ކޮންފަރެންސެކެވެ. 

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ،  ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް މުޙައްމަދު ތޮލާލް އެވެ. ތޮލާލްގެ އިތުރުން މާލޭ ސިޓީސް ގްރޫޕް އޮފް ހޮސްޕިޓަލުގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ވެސް މި ހަފްލާގައި ބައިވެރިވިއެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ރައްކާތެރިވުމުގެ ސަގާފަތެއް ބިނާކުރުން" މިއެވެ. މި ޝިއާރުގެ ދަށުން، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތައް މިހާރަށް ވުރެ ހަރުދަނާކޮށް ތަންފީޒުކުރުމަށާއި، ފަންނީ ގާބިލުކަން އިތުރުކުރުމަށް މި ކޮންފަރެންސްގައި މަޝްވަރާ ބަދަލުކުރެވޭނެއެވެ.  މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތަކާއި ނުރައްކާތަކަށް ހުށަހެޅޭ މިންވަރު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހުރިހާ ސިނާއަތްތަކެއްގައި ދުރާލައި ރައްކާތެރިވުމުގެ ސަގާފަތެއް އަށަގެންނެވުމަށް ވެސް މި ޝިއާރުގެ ދަށުން ސަމާލުކަން ދޭނެއެވެ.


ކޮމެންޓް 0