އެސްއެމްއީ ތަކަށް ރާއްޖޭގެ ޓްރޭޑްމާކް ނިޒާމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަނެއް މާދަމާ
ވަރލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ) އާއި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރާއްޖޭގެ ޓްރޭޑްމާކް ނިޒާމަށާއި، ޓްރޭޑްމާކް ހިމާޔަތްކުރުމާއި ބްރޭންޑިންގްގެ ސަބަބުން ވިޔަފާރިތަކަށް ކުރާނެ ފައިދާތަކުގެ މައްޗަށެވެ.
މި ސެޝަންގައި ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ޝަރުތުތަކާއި އަމަލުކުރަންޖެހޭ އުސޫލުތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދެވޭނެއެވެ. އަދި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ހުޅުވާލެވޭނެއެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 9 ނޮވެންބަރު 2026 ގެ މެންދުރުފަހު 2:00 އިން 4:00 އަށެވެ. މި ސެޝަން ކުރިއަށްދާނީ އޮންލައިންކޮށް އަދި ހާޒިރުވެގެންވެސް ބައިވެރިވެވޭ ގޮތަށެވެ.
މި ސެޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ:
https://luma.com/jg6w5yur