ހަތަރު ހާހެއް ހާ ރުފިޔާ ނުދެއްކުމުން ހިތަދޫ މީހަކު ޖަލަށް

ހިތަދޫގެ މަތިން ނަގައިފައިވާ ފޮޓޯއެއް. ފޮޓޯ: އައްޑޫ ޕްލަސް
ހިތަދޫގެ މަތިން ނަގައިފައިވާ ފޮޓޯއެއް. ފޮޓޯ: އައްޑޫ ޕްލަސް

ކްރިމިނަލް ކޯޓުން ކަނޑައެޅި ޖޫރިމަނާގެ އަދަބެއް ނުދައްކައިގެން ހިތަދޫ މީހަކު ޖަލަށް ލުމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ. 

ޖިނާއީ މައްސަލައެއްގައި 12 އޮކްޓޫބަރު 2026 ގައި އެ ކޯޓުން ވަނީ 4200 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ސ.ހިތަދޫ މިސްރުގަނދަކޯޅިމާގެ އަލީ ވަހީދުގެ މައްޗަށް ހުކުމްކޮށްފައެވެ.

އަލީ ވަހީދު ޖަލަށް ލުމަށް ހުކުމް ކުރީ މި ފައިސާ ނުދައްކައިގެން ހުކުމް މުރާޖައާކޮށްދިނުމަށް ޕީޖީ އޮފީހުން ހުށަހެޅުމުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ވަނީ އެހެންވެ އަލީ ވަހީދު 21 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.


ކޮމެންޓް 0