ގޭ ތެރޭގައި ހިނގި ޒުވާބެއްގައި އެއްބަނޑު އެއްބަފާ ކޮއްކޮގެ މޭމަތީގައި ކޮޅުފައިން ޖަހައި މާރާމާރީ ހިންގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ފޭދޫ ކޯޓުން 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވީ ސ.ފޭދޫ ކީރަންމާގެ ޝިފާނު އަބްދުﷲގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި އަނިޔާއެއް ދިނުމުގެ ދައުވާ ސާބިތުވެފައިވާއިރު، އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2 ޖޫން 2026 ގެ 11:00 އެހައިކަށް ހައިރު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރެއްގެ ތެރޭގައި މާރާމާރީ ހިންގައި އެއްބަނޑު އެއްބަފާ މީހެއްގެ މޭމަތީގައި ފައިން ޖަހައި ނޭފަތްމަތީގައި ޖަހައިފައިވާތީއެވެ.
