އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުން މާދަމާ ރޭ

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގެ ތެރެއިން.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގެ ތެރެއިން.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ މާފަންނު ޓްރެކް ސަރަހައްދުގައެވެ. 

މި ހާއްސަ ގައުމީ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި މަޝްރޫއުގެ ޓީމު، މަޝްރޫއު ފެށުމަށް ވާ ތައްޔާރީތަކުގެ ތެރެއިން ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާއެކު ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.

މީގެއިތުރުން، މި މަޝްރޫއުގެ މައިގަނޑު މަގުސަދުތަކާއި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ތަފްސީލީ މައުލޫމާތުތައް މި ބައްދަލުވުންތަކުގައި ވަނީ ހިއްސާކޮށްފައެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ވައުދުފުޅެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ ތަހުޒީބު މުޖުތަމައު" އެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ކޮމެންޓް 0