މޫދު ކުޅިވަރުގެ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން ޝާއިއުކޮށްފި
މޫދުގެ ހާލަތު އަންގައިދިނުމަށް ކުލަކުލައިގެ ދިދަ ނެގުމަށް އާ ގަވާއިދުގައި ލާޒިމުކޮށްފައިވޭ.
ފަތުރުވެރިންނަށް ދޭ މޫދު ކުޅިވަރާއި އެކްސްކާޝަން ހިދުމަތްތަކާ ބެހޭ ގަވާއިދު ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
ގަވާއިދު ނަންބަރު: 100-އާރ/2026 ގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި، ފަތުރުވެރިންނަށް ފޯރުކޮށްދޭ އެންމެހައި މޫދު ކުޅިވަރުތަކާއި އެކްސްކާޝަން ދަތުރުތަކުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ ގައުމީ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ.
މި އާ ގަވާއިދުގެ ދަށުން، މޫދު ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައާއި އެކްސްކާޝަން ދަތުރުތައް ކުރާ އުޅަނދުފަހަރުގައި ކަނޑާއި މޫދުގެ ހާލަތު އަންގައިދިނުމަށްޓަކައި ކުލަކުލައިގެ ދިދަ ނަގާފައި ބަހައްޓަންޖެހެއެވެ.
އެ ވުޒާރާއިން
އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ފެހި ދިދަ ނަގާފައި ހުންނަނީ މޫދުގެ ހަރަކާތްތަކަށް ރައްކާތެރި ހާލަތްތަކުގައެވެ. ރީނދޫ ދިދައަކީ އޮއިބާރުވުން ފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވުމަށް އަންގައިދޭ ނިޝާނެކެވެ. އަދި ރަތް ދިދަ ނަގާފައި ހުންނަ ވަގުތުތަކުގައި މޫދުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލަންޖެހޭއިރު، ދަނބު ދިދަ ނަގަނީ ޖެލީފިޝް ފަދަ ނުރައްކާތެރި ދިރުންތައް މޫދުގައި އުޅޭކަން އަންގައިދިނުމަށެވެ.
މޫދަށް އެރުމުގެ ކުރިން އެ ސަރަހައްދެއްގައި ނުވަތަ އުޅަނދެއްގައި ނަގާފައި ހުންނަ ދިދައިގެ ކުލައަށް ބެލުމަށް އެ
ވުޒާރާއިން ވަނީ އިރުޝާދުދީފައެވެ.
މީގެ އިތުރުން، މޫދަށް އެރޭއިރު އަބަދުވެސް ގައިޑުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް އެ
ވުޒާރާއިން
ވަނީ އަންގާފައެވެ.