ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފޯރުކޮށްދެމުންދާ ސިއްޚީ ފަރުވާ ތަރައްޤީކުރުމުގެ ގޮތުން، އިދާރީ މަސައްކަތްކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް"ގެ ނަމުގައި ޕޯސްޓެއް ހުޅުވައިފިއެވެ.
އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލްގެ ސީނިއަރ މެނޭޖްމަންޓާއި ކަރެކްޝަންސްގެ ސީނިއަރ މެނޭޖްމަންޓް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި "ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް" ޕޯސްޓް ހުޅުވުމަށްފަހު، މަސައްކަތްތަކާބެހޭ ގޮތުން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ޚަބަރު
ޤައިދީންނަށް ފަރުވާދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި

ދިވެހިރާއްޖޭގައި ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ކޮށްދިނުމަކީ ގާނޫނުން ލާޒިމްކޮށްފައިވާ އަދި އިން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއްކަމަށް ވާއިރު ތަފާތު ކުރުމެއް ނެތި ގައިދީންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން މަސައްކަތްކުރައްވައެވެ.
އަދި ޖަލުތަކުގައި ތިބޭ މީހުންނަށް ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިންނާއި ޖަލުތަކުގައި ގާއިމްކޮށްފައިވާ މެޑިކަލް ސެންޓަރުތައް މެދުވެރިކޮށް ފަރުވާ ދެމުންދެއެވެ
ކޮމެންޓް 0