މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ސ. ހިތަދޫ މީހަކު ޝަރުތުތަކަކާއެކު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި މި މީހާ ބަންދުން ދޫކޮށްލާފައިވަނީ ދައުލަތުން އެގޮތަށް އެދުމުންނެވެ.
ދައުލަތުން އެދިގެން ޝަރުތުތަކަކާއެކު ދޫކޮށްލީ ހުކުރު ދުވަހު ހައްޔަރުކުރި މީހެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ސ. ހިތަދޫ މީހަކު ޝަރުތުތަކަކާއެކު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި މި މީހާ ބަންދުން ދޫކޮށްލާފައިވަނީ ދައުލަތުން އެގޮތަށް އެދުމުންނެވެ.
މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ހާލަތުގެ އިތުރުން، އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން އެދުނު ސަބަބާއި ކޯޓުން ކަނޑައެޅި ޝަރުތުތަކުގެ ތަފްސީލު ވަނީ ސާފުވާ ގޮތް ނުވެފައެވެ.
މީގެ ކުރިންވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހިތަދޫއަށް ނިސްބަތްވާ މީހުން ހައްޔަރުކޮށް، ދައުލަތުން އެދިގެން ބަންދުން ދޫކޮށްލައެވެ.
ކްރިމިނަލް ކޯޓުން މި މީހާ ބަންދުން ދޫކުރަން އަމުރުކުރީ ގާޒީ ޒިހުނީއެވެ.