މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ސާވާއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެންބަރު 3 ވަނަ ދުވަހުގެ މެންދުރު 1:00

މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ސާވާއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ސާވާއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އެ ކޯޓުން އިއުލާންކޮށްފިއެވެ.

އެ ކޯޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކޯޓުގެ ބޭނުމަށް ސާވާއެއް ހޯދަން ބޭނުންވެފައިވާތީ އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނީ މާލޭގެ މ. ތީމުގޭގައި ހުންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީހާއި ގަޑިއަކީ އަންނަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ކަމަށްވެސް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ބުންޏެވެ.

މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ކޯޓާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު އޮޅުންފިލުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެ ކޯޓުގެ ފޯނު ނަންބަރު 6890539 އަށް ގުޅުމަށް ނުވަތަ އެ ކޯޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެދިފައެވެ.

ކޮމެންޓް 0