ހުޅުދޫ ކައުންސިލުން ސިވިލް ސާވިސް ކޮމިޝަން އާ ބައްދަލުކޮށްފި

މި ބައްދަލުވުން ބާއްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް، ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދި ފަހުން

ހުޅުދޫ ކައުންސިލް މެންބަރުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިން. ފޮޓޯ: އައްޑޫ ހުޅުދޫ ކައުންސިލް
ހުޅުދޫ ކައުންސިލް މެންބަރުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިން. ފޮޓޯ: އައްޑޫ ހުޅުދޫ ކައުންސިލް

ސ. ހުޅުދޫ ކައުންސިލްގެ މެންބަރުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އާ މިއަދު ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އަލަށް އުފެއްދި ކައުންސިލް ހިންގުމުގައި ދިމާވެފައިވާ އިދާރީ ގޮންޖެހުންތަކާ ގުޅޭގޮތުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

ހުޅުދޫ ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އެ ރަށް ވަކިކުރުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަކި ކައުންސިލެކެވެ. އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ ވަކިކުރުމަށް ރައީސް ނިންމެވީ 25 އޮކްޓޯބަރު 2025 ގައި ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ވަކި ކައުންސިލެއް އުފެއްދުމަށް ހުޅުދޫގެ ގިނަ ރައްޔިތުން ވޯޓު ދިނުމާ ގުޅިގެންނެވެ. މިދިޔަ އަހަރު ބޭއްވި އެ ރެފަރެންޑަމްގައި ހުޅުދޫގެ އިތުރުން މީދޫގެ ރައްޔިތުންވެސް ވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ކައުންސިލެއް އުފެއްދުމަށް ތާއީދުކޮށްފައެވެ. ނަމަވެސް ފޭދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ދެމިއޮތުމަށެވެ.

ފަހަކަށް އައިސް ހުޅުދޫ ކައުންސިލްގެ އިދާރީ ހިންގުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކައުންސިލްގެ މެންބަރުން ވަނީ ދާދިފަހުން ފާހަގަކޮށްފައެވެ. އެހެންވެ ސިވިލް ސަރވިސް ކޮމިޝަނާއި އެކު ބޭއްވި ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެެއެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް، ހުޅުދޫއާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް، އެއީ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅައި ރައީސް ގަރާރު ނެރުއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި ބަދަލާއެކު، އެ ދެ ރަށުގެ އިދާރީ ކަންކަން ބަލަހައްޓަމުން ގެންދަނީ ވަކި ދެ ކައުންސިލަކުންނެވެ.

ކޮމެންޓް 0