ހައުސިން މިނިސްޓްރީގެ އައްޑޫ ގޮފިން ފިރިހެނުންގެ ދުވަސް ފާހަގަކޮށްފި

ހައުސިން މިނިސްޓްރީގެ އައްޑޫ ގޮފިން ފިރިހެނުންގެ ދުވަސް ފާހަގަކޮށްފި

ހައުސިން މިނިސްޓްރީގެ އައްޑޫ ގޮފިން ފިރިހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ. 

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ގޮފިން ކުރިއަށްގެންދިޔަ ހަރަކާތުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، ހައުސިން މިނިސްޓްރީގެ އައްޑޫ ގޮފީގައި ހަރަކާތްތެރިވާ ސިޔާސީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ވެސް ވަނީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިވެރިވެފައެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް އައްޑޫގެ ގިނަ އޮފީސްތަކުގައި ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ފިރިހެން މުވައްޒަފުންނަށް މަރުހަބާ ކިޔުމަށް ޚާއްސަ ހަރަކާތެއް ބޭއްވުމާއި ޖާފަތްތައް ވެސް ތައްޔާރުކޮށްފައިވެއެވެ.

ކޮމެންޓް 0