އައްޑޫގައި ކަލިނަރީ ފެސްޓިވަލެއް މާދަމާ ފަށަނީ

އައްޑޫގައި ކަލިނަރީ ފެސްޓިވަލެއް މާދަމާ ފަށަނީ

އައްޑޫގައި މާދަމާ ކަލިނަރީ ފެސްޓިވަލެއް ފަށާނެއެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާދަމާ އިން ފެށިގެން އޮކްޓޫބަރު މަހުގެ 10 އާ ބާއްވާ މި ފެސްޓިވަލް ކުރިއަށް ދާނީ ސ.ހިތަދޫ ނޫރާނީ ސްކޫލްގަ އެވެ.

އައްޑޫ ކަލިނަރީ ފެސްޓިވަލްގައި މައިގަނޑު 7 ހަރަކާތެއް ކުރިއަށް ގެންދަން ރާވާފާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ، ކުކިން ޗެލެންޖް، ވެޑިން ކޭކް ކޮމްޕެޓިޝަން، ޑްރެސް ދަ ކޭކް ކޮމްޕެޓިޝަން، ޔަންގް ޝެފްސް، ޓްރެޑިޝަނަލް ފުޑް ޑިމޮންސްޓްރޭޝަން، ފުޑް ސްޓޯލްސް އަދި ބިޒްނެސް އެކްސްޕޯ އެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބާއްވާ މި ފެސްޓިވަލްގައި ބާއްވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓި އާއި އައްޑޫ ވިމެން ޑިވެލޮޕްމަންޓް އެސޯސިއޭޝަނާއި އެފް.އެސް އިންސްޓިޓިއުޓްގެ އިތުރުން އަމިއްލަ ވިޔަފާރިއެއް ކަމުގައިވާ ގޯލްޑެން ކްރެސްޓާ ގުޅިގެންނެވެ.


ކޮމެންޓް 0