އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ފާޠިމަތު މުނީރުގެ ކެމްޕެއިނުގައި ދޮރުން ދޮރަށް ހިންގަވަނީ
ސ. ހުޅުދޫއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ދެވަނަ ފަހަރަށް މިއަދު ވަޑައިގެންފިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ރަށަށް މި ވަޑައިގެންނެވީ ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2026 ވަނަ އަހަރުގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 2، ފާޠިމަތު މުނީރުގެ ކެމްޕެއިނަށެވެ. މިއީ މި ކެމްޕެއިނަށް ނަޝީދު ސ. ހުޅުދޫއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
