ޝާހިދު ބަންދުން ދޫކުރާކަށް ނުޖެހޭ: ހައިކޯޓު

ޝާހިދު އައްޑޫއަށް ކުރެއްވި ދަތުރެއްގެ ތެރެއިން.
ޝާހިދު އައްޑޫއަށް ކުރެއްވި ދަތުރެއްގެ ތެރެއިން.

ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުއްﷲ ޝާހިދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ. 

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުފުޅުން 64 އަހަރުގެ ޝާހިދުގެ ފަރާތްޕުޅުން އެ އަމުރު އިސްތިއުނާފުކުރެއްވުމާ ގުޅިގެން، ސިއްރު އަޑުއެހުންތަކަކަށް ފަހު ހައިކޯޓުން ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން ނެރުނު 30 ދުވަހުގެ ބަންދު އަމުރު ދެމެހެއްޓުމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށާއި ތުހުމަތުކުރެވޭ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަދި ތަހުގީގުގެ މަސްލަހަތަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ނިންމި ނިންމުމަކީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.


ކޮމެންޓް 0