ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި

ތިން ދުވަހަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ނަފްސާނީ ސިއްހަތުގެ ސިޔާސަތުތަކުގައި ޒުވާނުންގެ އަޑު އިއްވުމަށް އިސްކަންދޭނެ

ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ރަސްމީކޮށް ފެށުން. ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ރަސްމީކޮށް ފެށުން. ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް ފަށައިފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

މި މަހުގެ 22 އިން 24 ގެ ނިޔަލަށް މާލޭގެ ޔޫތު ހަބުގައި ކުރިއަށްގެންދާ މި ކޮންފަރެންސަކީ މަޝްވަރާކުރުމާއި، ތަޖުރިބާ ހިއްސާކުރުމާއި، ގުޅިގެން މަސައްކަތްކުރުމަށް ތިން ދުވަހަށް ބާއްވާ ބައްދަލުވުމެކެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ، މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ "ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިއާރުގެ ދަށުންނެވެ. 

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމައުގެ ތެރެއިން ހައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.

ދިވެހިރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލު ކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ގައުމީ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ.

އެހެންކަމުން، "ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުސޫލުގެ މަތިން ބާއްވާ މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ގައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ހިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެކެވެ.

މި ކޮންފަރެންސްގެ މަޝްވަރާތަކާއި ހައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

ވުޒާރާއިން ބުނީ، ސްޓޭކް ހޯލްޑަރުން ގޮތުގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ، ނެޝަނަލް މެންޓަލް ހެލްތް ސެންޓަރ، ނެޝަނަލް ޑުރަގު އެޖެންސީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އެންޑް އެންޑޯމެންޓްސް، މޯލްޑިވްސް ޕޮލިސް ސާރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތު ބައިވެރިވާނެ ކަމަށެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުން، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އަދި ކޮންފަރެންސްގެ އެންމެ ފަހު ދުވަހު އޮންނާނީ މި މަައްސަލަތަކަށް ޒުވާނުން ހުށަހަޅާ ހައްލުތައް ބަލައިގަތުމެވެ.

ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް
ކޮމެންޓް 0