އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
އައްޑޫޕްލަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ އެޅަދީދީ މަގުން ހިތަދޫ ސްކޫލް ކަންމަތީގައެވެ.

މަންޒަރު ދުށް ފަރާތަކުން ބުނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވައިފައި ދިޔަ ސައިކަލުން ކާރުގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓްގައި ކާރާއި ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ. އޭނާއަށް މިވަގުތު އައްޑޫ އެކިއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.