ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމަށް އެމްއޯޔޫއެއް
"ނެޝަނަލް
އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ކުރިއަށް ގެންދިއުމަށް ޒުވާނުން
ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ފަތުރުވެރިކަމާއި
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި
ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ
ރާފިޢުއެވެ. އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު
އަމީންއެވެ.
މި އެމްއޯޔޫގެ ދަށުން ދެ ވުޒާރާ ގުޅިގެން ނޭޝަނަލް
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން
ތަމުރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެއެވެ.
އަދި އެމްއޯޔޫގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން
ދެވޭނެ ސަޕޯޓް އަކީ ރިސޯޓްތަކާއި އޮންނަ ގުޅުން ރަނގަޅުކޮށްދިނުމާއި، ރިސޯޓްތަށް
މި ޕްރޮގްރާމް އަށް އޮންބޯޑްކޮށް، ރިސޯޓްތަކުގެ ބައިވެރިވުން ރަނގަޅުކުރުމެވެ.
ހަމައެއާއެކު ރިސޯޓްތަކާއިމެދު އޮންނަ މައްސަލަތައް ހައްލުކޮށްދޭން ފަސޭހަވެ،
ސަޕޯޓް ރޯލްއެއް ގޮތުގައި މަސައްކަތް ކޮށްދިނުންވެސް ހިމެނެއެވެ.
މީގެއިތުރުން، މިއަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް
ލެވެލް 4 ގެ ކޯސްތައް ފެށުމަށް ދެ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދިއުމަށް
ހަމަޖެހިފައިވެއެވެ.