އައްޑޫ ހައި ސްކޫލުގެ ދެ މަގާމަކަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި

އައްޑޫ ހައި ސްކޫލުގެ ދެ މަގާމަކަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި

ސީނިއަރ ސްކޫލް ލައިބްރަރީ އެސިސްޓަންޓާއި ސްކޫލް ލެބޯޓްރީ އެސިސްޓަންޓުގެ މަގާމަށް މުވައްޒަފުން ހޯދުމަށް އައްޑޫ ހައި ސްކޫލުން އިއުލާންކޮށްފިއެވެ.

 ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ސްކޫލުގެ ލައިބްރަރީއާއި ލެބޯޓްރީއަށް ބޭނުންވާ މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މި ދެ މަގާމުގެ ތެރެއިން ސީނިއަރ ސްކޫލް ލައިބްރަރީ އެސިސްޓަންޓުގެ މަގާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 12،000 ރުފިޔާ ލިބޭނެއެވެ. އަދި ސްކޫލް ލެބޯޓްރީ އެސިސްޓަންޓުގެ މަގާމަށް ހޮވޭ ފަރާތަކަށް މަހަކު 11،000 ރުފިޔާ ލިބޭނެ ކަމަށް އެ ސްކޫލުން ބުނެފައިވެއެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަހެވެ. ގެޒެޓުގައިވާ ގޮތުން، އެ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.


އައްޑޫ ހައި ސްކޫލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0