މެންބަރުން ތިބީ ޒަމްޒަމް ފެނުން ފެންވަރައިގެން: ލަތީފް

މެންބަރުން ތިބީ ޒަމްޒަމް ފެނުން ފެންވަރައިގެން: ލަތީފް

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި މަޖިލިސް މެންބަރުންނަކީ ޒަމްޒަމް ފެނުން ފެންވަރައިގެން އައިސް ތިބި ސާފު ބައެއްގެ ގޮތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ސިފަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ލަތީފު މިފަދައިން ވިދާޅުވީ، މަޖިލީހަށް ހުށަހަޅައިފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ މަޖިލިސް މެންބަރުން ވެސް ނުހައްގު މުއްސަނދިކަން ހޯދާކަމަށް ތުހުމަތުކޮށްފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންގެ ދިފާއުގައި ވާހަކަދައްކަވަމުން ލަތީފު ވިދާޅުވީ އެއީ އެއްވެސް އިރެއްގައި ހިޔާނާތްތެރިވާނެ ބައެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް އަކީ ސާފު ޒަމްޒަމް ވަޅު ފެނުން ފެންވަރައިގެން އައިސް ތިބި ބައެއް ތިބި ތަނެއް ކަމަށާއި އެހާވެސް ސާފުބައެއް ކަމުގައި ލަތީފު ވިދާޅުވިއެވެ.

މެންބަރު ލަތީފު ރައްޔިތުންގެ މަޖިލީހަކީ ސާފު ތަނެއްގެ ގޮތުގައި ސިފަކުރެއްވާފައިވިޔަސް ފާއިތުވި ހުރިހާ ދައުރެއްގެ މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ކޮރަޕްޝަނާއި ރިޝްވަތުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ.

ކޮމެންޓް 0