ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އައްޑޫ މީދޫ ކައުންސިލާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން އޮތީ މީދޫ ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވޭ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އައްޑޫ މީދޫ ކައުންސިލާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން އޮތީ މީދޫ ކައުންސިލްގެ އިދާރާގައެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު އަދި އެހެން މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، އައްޑޫ މީދޫގެ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާ މެދު ވަނީ ވާހަކަދައްކާފައިވާއިރު، ރަށުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، އައްޑޫ މީދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.