އައްޑޫ ސިޓީގެ ދެކުނުން ޗާގޯސް އާކިޕެލަގޯއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނި ގޮތުގައި، މި ބިންހެލުން އައީ ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ. އެއީ، އައްޑޫ ސިޓީއާ 833 ކިލޯ މީޓަރު ދުރު ކަމަށްވާއިރު، 5.0 މެގްނިޓިއުޑުގެ ބާރުމިނުގައި މި ބިންހެލުން އައީ ހަވީރު 19:59ގައި ކަމަށް މެޓުން މައުލޫމާތުދެއެވެ.

އެހެން ނަމަވެސް މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.