އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ކޮމިޓީގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

އާންމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު ހޮވުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ ދާއިރާގެ ފަރާތްތަކަށް އިސްކަންދޭ

އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ކޮމިޓީގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީގައި އާންމު ރައްޔިތުންގެ ތެރެއިން ބައިވެރިވާނެ ބޭފުޅަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ. 

އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ފުރުސަތު ހުޅުވާލާފައިވަނީ އެ ފަންޑުގެ ސްޓޭޓްމަންޓުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮމިޓީގައި ހިމެނުމަށެވެ.

އާންމު ރައްޔިތުންގެ ދާއިރާއިން މި ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ މައިގަނޑު ދެ ޝަރުތެއް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކުރިމަތިލާ ފަރާތަކީ އުމުރުން 30 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭއިރު، އައްޑޫގައި ދިރިއުޅޭ އައްޑޫ ރައްޔިތަކަށް ވާންޖެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން، މި މަގާމަށް މީހަކު ހޮވުމުގައި ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް ކައުންސިލުގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މި ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހު (30 ނޮވެންބަރު 2026) އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަންޖެހެއެވެ. އެގޮތުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ވަނަވަރު ހިމެނޭ ސިޓީއެއް އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected] އަށް ވަނަވަރާއި ލިޔެކިޔުންތައް މެއިލްކުރެވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު
ކޮމެންޓް 0