ސްޓެލްކޯއިން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާތަކެއް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާއި އެ ކުންފުނީގެ ބައެއް އިސްވެރިން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި، އައްޑޫ ސިޓީގައި ކުންފުނީގެ ފަރާތުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ.
ސްޓެލްކޯއިން އައްޑޫ ސިޓީގައި ރަސްމީކޮށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވަނީ 17 އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ ސެޕްޓެންބަރު 30 ވަނަ ދުވަހުއެވެ.