އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ މެންބަރުކަމުގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ފާތިމަތު ނަބާހާ ކާމިޔާބުކުރައްވައިފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި އިންތިހާބުގައި ސ. ހުޅުދޫ، ސެލްޓަން، ފާތިމަތު ނަބާހާ ކުރި ހޯއްދެވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ސ. ހުޅުދޫ، އަންބަރީގެ، ފާތިމަތު މުނީރާ ވާދަކުރައްވައިގެންނެވެ.
