ޚަބަރު
އައްޑޫ މީދޫ ދަނޑުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލައިފި
ދަނޑުވެރިން އުފައްދާތަކެތި ވިއްކުމަށްޓަކައި ކޮންމެ ހަފްތާ ބަންދެއްގައި "ވީކެންޑް މާރކެޓް" ގެ ނަމުގައި މީދޫ ބަނދަރު ސަރަހައްދުގައި މި މާރުކޭޓް ހުޅުވުމަށް ހަމަޖެހިފައިވޭ.
އައްޑޫ މީދޫ ދަނޑުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލައިފިއެވެ.
އައްޑޫ މީދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި،
ދަނޑުވެރިންގެ ދުވަސް އައްޑޫ މީދޫގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭއްވޭ
ހަރަކާތްތަކުގެ ތެރެއިން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހު ހަވީރު
"ދަނޑުވެރިންގެ މާރުކޭޓް" ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ދަނޑުވެރިން އުފައްދާތަކެތި
ވިއްކުމަށްޓަކައި ކޮންމެ ހަފްތާ ބަންދެއްގައި "ވީކެންޑް މާރކެޓް" ގެ ނަމުގައި
މީދޫ ބަނދަރު ސަރަހައްދުގައި މި މާރުކޭޓް ހުޅުވުމަށް ހަމަޖެހިފައިވެއެވެ.
މި ދަނޑުވެރިންގެ މާރުކޭޓްގައި ދަނޑުވެރިން އުފައްދާ ތަރުކާރީއާއި، މޭވާ އަދި
ފަލަމަޑީގެ އިތުރުން، އެތަކެތި ބޭނުންކޮށްގެން އުފައްދާ ކާނާގެ ބާވަތްތަކާއި، ގަސް
ވަށި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އައްޑޫ މީދޫ "ދަނޑުވެރިންގެ މާރުކޭޓް" ގައި ސްޓޯލް ހެދުމަށް ބޭނުންވާ ފަރާތްތަކުން ގޮޅި ރަޖިސްޓްރީ ކުރުމަށް ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު މި މަހުގެ 11 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރީން [email protected] އަށް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައިވެއެވެ.