3 ލައްކަ މީހުން މުޒާހަރާއަށް ނިކުތުމުން ސާބިޔާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ސާބިއާގެ ބޮޑުވަޒީރު މިލޯޝް ވޫޗެވިޗް. ފޮޓޯ: ރޮއިޓާސް
ސާބިއާގެ ބޮޑުވަޒީރު މިލޯޝް ވޫޗެވިޗް. ފޮޓޯ: ރޮއިޓާސް

ސާބިއާގެ ބޮޑުވަޒީރު މިލޯޝް ވޫޗެވިޗް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.


އޭނާ އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ، ސަރުކާރާ ދެކޮޅަށް 3 ލައްކަ މީހުން ވެރިރަށް ބެލްގްރޭޑްގައި ކުރި ބޮޑު މުޒާހަރާއަކަށް ފަހުގައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މުޒާހަރާތައް ފެށުނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ނޯވީ ސާޑް ރޭލު ސްޓޭޝަނުގެ ފުރާޅެއް ވެއްޓި 15 މީހުން މަރުވި ހާދިސާއާ ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، އެ ހާދިސާ ހިނގަން މެދުވެރިވީ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުންނެވެ.


ނޫސްވެރިންނާ ވާހަކަދައްކަވަމުން ވޫޗެވިޗް ވިދާޅުވި ގޮތުގައި، އޭނާ އިސްތިއުފާ ދެއްވީ ގައުމުގެ މަސްރަހު ފިނިކޮށް، މަޝްވަރާގެ އުސޫލަށް ރުޖޫއަވުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.


މި މުޒާހަރާތަކުގައި ދަރިވަރުންނާއި، ޓީޗަރުންނާއި، މަސައްކަތްތެރިންގެ އިތުރުން އާންމު ރައްޔިތުން ބައިވެރިވެފައިވާ ކަމަށް އޭޕީ ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ އިތުރުން ރައީސް އަލެކްސަންޑަރ ވޫޗިޗް ވެސް އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.


ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، 30 ދުވަހުގެ ތެރޭގައި އާ ސަރުކާރެއް އެކުލަވާލަން ޖެހޭނެ ކަމަށް ސާބިއާގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ސަރުކާރެއް އެކުލަވާނުލެވިއްޖެ ނަމަ، އަވަސް އިންތިހާބެއް ބާއްވާނެ ކަމަށް ރައީސް ވޫޗިޗް ވިދާޅުވެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް 0