އައްޑޫ ސިޓީގެ ފުލުހުންނަށް ޚާއްސަކޮށްގެން ބާއްވާ ފުޓްސަލް މުބާރާތަށް އައްޑޫގައި މަސައްކަތް ކުރާ ފުލުހުން ތައްޔާރުވަމުން އެބަދެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި މަސައްކަތް ކުރާ ފުލުހުންގެ ބަހާތަކުގެ މެދުގައި ބާއްވާ މި ފުޓްސަލް މުބާރާތުގައި ޖުމްލަ 5 ޓީމުން ބައިވެރިވާނެއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 1 ވަނަ ދުވަހުއެވެ. 

މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ، ހިތަދޫ ޕޮލިސް، ހުޅުމީދޫ ޕޮލިސް، ގަން ޕޮލިސް، ކްލަބް އެސްސީ، ނެޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ޓީމެވެ. 

އައްޑޫ ޕްލަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މުބާރާތަށް ފުލުހުންގެ ބަހާތަކުގެ ޓީމުތަކުން ގެންދަނީ ވަރަށް ފޯރީގައި ތައްޔާރުވަމުންނެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްޓޭޑިއަމްގެ އިރުން ޤާއިމްކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ.