ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް އިންޑޮނޭޝިއާއަށް މިއަދު ފުރައިފިއެވެ.
ގައުމީ ޓީމުން ބުނި ގޮތުގައި، މި ތަމްރީނު ކޭމްޕަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ކޭމްޕެކެވެ.

މި ތަމްރީނު ކޭމްޕް އިންތިޒާމުކުރުމުގައި އިންޑޮނޭޝިއާގެ ފުޓުބޯޅަ އެސޯސިއޭޝަން (ޕީއެސްއެސްއައި) އިން ފޯރުކޮށްދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ކޭމްޕް ނިންމާލުމަށްފަހު ގައުމީ ޓީމު އެނބުރި އައުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 އިން 17 އަ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނުނީ ވަރުގަދަ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އިންޑިއާއާ ބައްދަލުކުރާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.