ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރު ބަދަލުނުކުރެވި އޮތް އެފްއޭއެމް ޓާފް ގްރައުންޑް އެކެއްގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރު

އެފްއޭއެމް ޓާފް އެކެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ކުޅިވަރު ވުޒާރާ
އެފްއޭއެމް ޓާފް އެކެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ކުޅިވަރު ވުޒާރާ

މާލޭގެ ފުޓްބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ދަނޑުކަމަށްވާ އެފްއޭއެމް ޓާފް ގްރައުންޑް އެކެއްގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ކުރިއަށްގެންދާ މި މަސައްކަތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަސައްކަތަށް ބޭނުންވާ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ ވުޒާރާއިންނެވެ.

ޓާފް ބަދަލުނުކޮށް ބެހެއްޓިފައިވުމުގެ ސަބަބުން، ޓާފްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ދަނޑު ބޭނުންކުރާ ކުޅުންތެރިންނާއި ޓީމުތަކަށް ކުޅުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރު ބަދަލުނުކުރެވި އޮތް އެފްއޭއެމް ޓާފް ގްރައުންޑް އެކެއްގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

ކޮމެންޓް 0