ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށްޓަކައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މި ކޭމްޕުގެ މުއްދަތުގައި އެ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އެގޮތުން، މިއަދު މެންދުރުފަހު ފަލަސްޠީނު ޒުވާން ޓީމާއި، އޮފިޝަލުން ގުރައިދޫއަށް ދިއުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ކޭމްޕުގެ ތެރެއިން ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައި ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
ފަލަސްޠީނު ޓީމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅެން ތާވަލުކޮށްފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އަދި ދެވަނަ މެޗު ކުޅޭނީ އަންނަ ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުއެވެ.