ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތައިލެންޑަށް

ޒުވާން ގައުމީ ޓީމު ތައިލެންޑަށް ފުރުމުގެ ކުުރީން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެފްއޭއެމް / ސިޑިބަރި
ޒުވާން ގައުމީ ޓީމު ތައިލެންޑަށް ފުރުމުގެ ކުުރީން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެފްއޭއެމް / ސިޑިބަރި

ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު މިއަދު ތައިލެންޑަށް ފުރައިފިއެވެ. 

ޒުވާން ގައުމީ ޓީމު ތައިލެންޑަށް ދިޔައީ، އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށެވެ.

މި މަހުގެ 8 އިން 20 ގެ ނިޔަލަށް ކުރިއަށްދާ ކޮލިފިކޭޝަން ބުރުގައި ރާއްޖެ ހިމެނުނީ ގްރޫޕް ބީގައެވެ. 

މި ގްރޫޕުގައި ދެން ހިމެނެނީ ކޮލިފައިން މެޗުތައް ހޯސްޓުކުރާ ތައިލެންޑްގެ އިތުރުން އިރާގާއި، ހޮންގްކޮންުގް އަދި ޗައިނީޒް ޓައިޕޭއެވެ.

އިބްރާހީމް ސަޢީދު (ކަކާ) ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޒުވާން ޓީމު ވަނީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ބުރަށް ތައްޔާރުވުމުގެ ގޮތުން ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއެކު މާލޭގައި އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. މި ދެ މެޗުވެސް ކާމިޔާބުކުރީ ފަލަސްޠީނުންނެވެ. 

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު
ކޮމެންޓް 0